User:Nuha14
ނިއު މޯލްޑިވްސް އިދަ ޖައްސާލި ނޫސް ކޮންފަރެންސް
ލިޔުނީ މިނިވަން
ހޯމަ, 06 އޯގަސްޓު 2007
(ތިރީގައި މިވަނީ ސަރުކާރުގައި ބަންޑާރަ ނާއިބުކަމުގެ މަގާމުން އިއްޔެ ވަކިވެވަޑައިގަތް ޑރ ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރުގެ މަގާމުން ވަކިވެ ވަޑައިގަތް އަހްމަދު ޖަމީލު މުހަންމަދު އެބޭފުޅުންގެ އިސްތިއުފާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ)
ޑރ ހަސަން ސައީދު
މިއަދު އަޅުގަޑުމެންގެ ދެމީހުންގެ ދައުވަތަކަށް ހަބަރު ފަތުރާ ވަސީލަތްތަކުން ވަޑައިގެން ދެއްވީތީ ޝުކުރު އަދާކުރަން. އަޅުގަޑުމެން ދެމީހުންވެސް ބޭނުންވީ އަޅުގަޑުމެން މިއަދު ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދިންކަން ހަބަރު ފަތުރާ ވަސީލަތްތަކާއި ހިއްސާ ކޮށްލަން. އަދި އިސްތިއުފާ ދިން ސަބަބުވެސް ހަބަރު ފަތުރާ ވަސީލަތްތަކާ ހިއްސާކޮށްލަން.
އަޅުގަނޑު ދެކޭގޮތުގައި ވަޒީރަކު އިސްތިއުފާ ދީފިއްޔާ އެއީ ސަބަބުތަކެއް އޮވެގެން ކުރާކަމެއް. އެކަން އާންމުންނަށް އެގެންޖެހޭނެ. އެގޮތުގެ މަތިން އަޅުގަޑުމެން އެއްގޮތަކަށްވެސް މިކަން ސިއްރުކޮށްފައި ބާއްވާކަށް ބޭނުމެއްނުވި. އެގޮތުގެ މަތިން އަޅުގަޑުމެންގެ އިސްތިއުފާ މިއަދު ގާތްގަޑަކަށް 2:25 ހާއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް އަދި ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީއަށް ރައީސުލް ޖުމްހޫރިއްޔާ އެކަން ވަގުތުން އެންގެވުމަށްވެސް އަޅުގަޑުމެންވަނީ އަންގާފަ. އަޅުގަޑުމެން މިއަދު މި އިސްތިއުފާ ދިނީ ކޮންމެހެން މިއަދުގެ އިއްޔެގެ ނުވަތަ ހަފުތާއެއް ނުވަތަ ދެހަފުތާ ކުރީގެ ހިގި ހާދިޘާއަކާއި ގުޅިގެނެއް ނޫން. އަޅުގަނޑުމެން އިސްތިއުފާ ދިނީ ތަފާތު އެކި ސަބަބުތަކާހުރެ. އަދި އެކަންތައްތައް ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު އެއަށް އެކަށީގެންވާ ހައްލެއް ނުގެނެވުމަށްފަހު. މީ ގާތްގަނޑަކަށް 3 އަހަރާއި ބައި އެހާކަންހާ ދުވަސް ކުރީގައި 2003 ވަނަ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހު އަޅުގަޑަށް މި މަގާމު ހަވާލު ކުރި ދުވަހުގަ ނުވަތަ އޮފާ ކުރި ދުވަހުގައި އަޅުގަޑު ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވިން، އަޅުގަޑަށް މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާނުކުރެވޭ ދުވަހަކީ އަޅުގަޑު މަގާމުން އިސްތިއުފާ ދޭނެ ދުވަހޭ. ކޮންމެހެން އެމަނިކުފާނު އަޅުގަޑު ވަޒީރުންގެ މަޖިލީހުން ނެރެންދެން ނުހުންނާނަމޭ. އެހެންވީމާ މިއަދު މިއޮތީ އެދުވަސް އައިސްފަ. އަޅުގަޑު މިއަދު އިސްތިއުފާ މިދިނީ އަޅުގަޑުގެ ގާބިލިއްޔަތު ތަން ދިންވަރަކުން މަސައްކަތްތަކެއް ކޮށްފައި އެހެންނަމަވެސް އަޅުގަޑު ބޭނުންވި މަސައްކަތް ނުވަތަ އަޅުގަޑު ގަބޫލު ކުރާގޮތުގައި ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް އަޅުގަޑަށް ފުރުސަތު ސަރުކާރުން ނުލިބުމުގެ ސަބަބުން.
އަޅުގަޑު މިސަރުކާރަށް ބައިވެރިވީ އިސްލާހީ މަސައްކަތެއް ކުރުމުގެ މަގުސަދުގަ. އަދި ހަމަ އެހެންމެ އަޅުގަޑާއި އަލްއުސްތާޒު މުހައްމަދު ޖަމީލުވެސް ބައިވެރިވީ އެ އިހްލާސްތެރި މަސައްކަތް ކުރުމަށް. މިގޮތުގެ މަތިން އަޅުގަޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ. އިސްލާހީ އެޖެންޑާއޭ ކިޔާފަ މިނެރުނު އެއްޗަކީވެސް އަޅުގަޑުމެންގެ ވަރަށް ބުރަ މަސައްކަތްތަކެއް އަދި ވޭތުވެ ދިޔަ ދެތިން އަހަރުތެރޭގައި ދިވެހިރާއްޖެއަށް މިއައިސްފައިއޮތް ބަދަލުތަކުގެ ތަފްސީލު ކޮންމެހެން އަޅުގަޑުމެން ދާކަށެއްނެތިން. އެކަމަކު އެ އެއްޗެހި އެނެލައިސްކޮށް ދިރާސާ ކުރި ކޮންމެ މީހަކަށް އެގޭނެ އޭގެ ކޮންމެ އެއްޗެއްގެ ފަހަތުގައި އަޅުގަޑުމެންގެ ހިއްސާ ހާއްސަކޮށް އަޅުގަޑުގެ ހިއްސާވާ މިންވަރު. ދިވެހިރާއްޖެއަށް މަގުޗާޓެއް ނުވަތަ އިސްލާހީ އެޖެންޑާއެއް ހުށައަޅާ މަގުޗާޓެއް އެކުލަވާލާ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ކުރަންވާ ކަންތައްތަކާ އެކުރަންޖެހޭ މުއްދަތުތަކާ ހަރަދުތައް ކަޑައެޅި ވަރަށް ތަފްސީލުކޮށް ބަޔާން ކުރެވިގެންވޭ. އެހަރަދުތައް ހާސިލްކުރުމަށްޓަކާ އަޅުގަޑު ނިސްބަތްވި އޮފީހުން، ދައުލަތުގެ ބަންޑާރަ ނައިބު އޮފީހުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އެކަމަށް ބޭނުންވާ ވަރަށްގިނަ ގާނޫނުތަކެއް ގަވާއިދުތަކެއް ޑްރާފްޓް ކުރި. ވަރަށް ގިނަ ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުނު. އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އޭގެ ގިނަ ގާނޫނުތައް އަދިވެސް ވަނީ ވުޖޫދަށް ނައިސްއޭ. މިދިޔަ އަހަރުގައި ބައިނަލްއަޤްވާނީ ހިއުމަން ރައިޓްސް ދުވަހުގައި ވާހަކަދައްކަވަމުން އަދި މި ދަރުބާރުގޭގައި އޮތް ފަންކްޝަނެއްގައި އަޅުގަނޑު ދެންނެވިން އަޅުގަޑު ހިތްހަމަ ނުޖެހޭކަމަށް އަޅުގަޑު ދެންނެވިން ފޯކަސް ދާގޮތް. ސްޕީޑް ދާގޮތް. އަދި ދިވެހިރާއްޖޭގައި މިހާރު އައިސްފައި މިހިރި ގިނަ އިސްލާހީ ބަދަލުތަކެއް ކަރުދާސްތަކެއްގެ ބަދަލު ތަކެކޭ. އެ އެއްޗެއްސަކީ މާދަމާވެސް ކުރެވިދާނެ އެއްޗެއްކަމަށް. އަހަރަކަށް ވުރެ ކުޑަދުވަސްކޮޅެއް ކުރިން އޮންނާނީ ހާމަކޮށްފަ. އިސްލާހީ އެޖެންޑާގެ ދަށުން ހިމެނިފައިވާ ވަރަށް ގިނަ ގާނޫނުތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވި. އަދި އޭގެ ގިނަ ގާނޫނުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގެ ސިފައިގައި ނެރެ ވަރަށް މަސައްކަތް ކުރިން އަދި އެކަމަށް ބައެއް ކަންތައްތަކުގައި ތަރުހީބު ލިބިފައިވެސް އެބައޮތް. މިސާލަކަށް ސިޔާސީޕާޓީއާބެހޭ ގަވާއިދު އަދި އެނޫންވެސް ބައެއް ގަވައިދުތައް އެބަހުރި. އެހެން ނަމަވެސް ވަރަށް ގިނަ އެއްޗެހި އަޅުގަޑުމެން ބޭނުންވި ގޮތަކަށް ހާސިލެއް ނުކުރެވުނު. މިސާލަކަށް ދަންނަވާނަމަ އެއްވެއުޅުމުގެ ގަވާއިދު، މައުލޫމާތު ހޯދާ ލިބުމުގެ ގަވާއިދު އަދި މިނޫންވެސް ވަރަށް ގިނަ ގަވާއިދަށް ޝަރުއީ އިދާރާ މުސްތަގިއްލުކުރުމަށް ބޭނުންވާ ބަދަލުތަކަކީ އަޅުގަޑު ދެކޭގޮތުގައި ގާނޫނުއަސާސީ އިސްލާހު ނުކޮށް ކުރެވެން ހުރި ކަންތައްތައް. އެހެންނަމަވެސް ހަމަ ތަކުރާރުކޮށް ރިޕީޓެޑް ކޮށް އަޅުގަޑު ކުރަމުން ދިޔަ މަސައްކަތްތަކަށް އަޅުގަޑުމެން ކުރަމުން ދިޔަ މަސައްކަތަށް ހަމަ ހުރަހަކުން ހުރަހަކުން ކުރިމަތިވަމުންގޮސް އެންމެފަހުން އަޅުގަޑުމެން ނިންމީ އަޅުގަޑުމެންނަށް އެކަންކުރެވެންނެތްކަން. އިސްލާހީ އެޖެންޑާގައި ހިމެނޭ ބައެއް ގާނޫނުތަކާއި ގަވާއިދުތައް ސަރުކާރުގެ އެކިއެކި މިނިސްޓްރީ ތަކުންނާއި މިނިސްޓަރުންނާ އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގަ ހިފެހެއްޓުމުގެ ސަބަބުން އަޅުގަޑަށް މަޖުބޫރުވެގެން އޭގެ ވަރަށް ގިނަ ކަންތައްތަކެއް ގާނޫނުތައް ޕްރައިވެޓް މެމްބަރެއްގެ ބިލްތަކުގެ ސިފައިގައި ޑްރާފްޓްކޮށްފައި މިއިންނެވި ޏ އަތޮޅުގެ އިއްޒަތްތެރި މެމްބަރ މުހައްމަދު އިބްރާހީމް ދީދީގެ ނަމުގައި ..... ބިލުގެ ސިފައިގައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަ އަޅާފަ. އެހެން ވީމާ މިއީ ހިތާމަކުރަން ޖެހޭކަމެއް ދައުލަތުގެ ބަންޑާރަ ނައިބު، ވަޒީރަކު ބޭނުންވާ އިސްލާހީ ބަދަލުތައް ސަރުކާރު މެދުވެރިކޮށް ނުގެނެވިގެން އިދިކޮޅުޕާޓީގެ މެމްބަރަކު ލައްވާ ޕްރައިވެޓް މެމްބަރެއްގެ ސިފައިގާ މަޖިލީހަށް ހުށައަޅަން ޖެހުން. މިއީ އަޅުގަޑު ހިތާމަކުރާކަމެއް. މި އަހަރު ގާތްގަޑަކަށް އަޅުގަޑު ހަދާންވާ ގޮތުން ފެބްރުއަރީ 28 ވަނަދުވަހު އަޅުގަޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގާފަ އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ ވަނީ ފޭލިވެފައިކަމަށް. އަދި ފޭލިވި ސަބަބު އަޅުގަޑު އޮންނާނީ ވަރަށް ތަފްސީލުކޮށް ގާތްގަޑަކަށް 9 ސަފްހާގެ ސިޓީއެއްގައި ދަންނަވާފަ. އިސްލާހީ އެޖެންޑާ ފޭލިވީ ކޮން ސަބަބުތަކާ ހުރެކަން. ކޮންކޮން ކަންތައްތަކެއްކަން ފޭލިވީ. ކޮންބައެއްގެ ޒިންމާ އެއްކަން އަޅުގަޑު އޮންނާނީ ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާފަ. އަދި އަޅުގަޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރިން އެމަނިކުފާނު އިސްލާހީ އެޖެންޑާއޭ ކިޔާފަ ދާހިލީ އަދި ބައިނަލް އަޤްވާމީ ފޯރަމްތަކުގައި ވާހަކަ ދެއްކެވުން ހުއްޓުވާލައްވާފަ ކޮންމެސް އެހެން އެޖެންޑާއެއް ހުށައަޅާށޭ. އެހެން ކަމުން އިސްލާހީ އެޖެންޑާއެއްގެ ނަމުގައި އިސްލާހީ އެޖެންޑާއަކަށް މަސައްކަތް ކުރަން ސަރުކާރާ ބައިވެރިވި މީހަކު އިސްލާހީ އެޖެންޑާ ހާސިލު ނުވެ އިސްލާހީ އެޖެންޑާ ފޭލިވެގެން ދާއިރު ސަރުކާރުގައި ހުރުމަކީ އަޅުގަޑު ދެކޭގޮތުގައި އަޅުގަޑު ކުރަންޖެހޭކަމެއް ނޫން. އެހެންކަމުން އަޅުގަޑު މިއަދު އިސްތިއުފާ މިދިނީ. އަޅުގަޑު މިހިސާބުން އަޅުގަޑުގެ ވާހަކަ ނިންމާލާ ނަން.
އިތުރު ސުވާލަކަށް ދިއުމުގެ ކުރިން އަޅުގަޑު އެއްޗެއް ދަންނަވާލާނަން. އަޅުގަޑު ދެންނެވިން އަޅުގަޑު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައޭ ރައީސުލްޖުމްހޫރިއްޔާގެ އިސްލާހީ އެޖެންޑާ ވަނީ ފޭލިވެފައިކަން. އިސްލާހީ އެޖެންޑާއަށް ނުވަތަ ރޯޑްމެޕަށް ބައްލަވާލެއްވީމަ އެގިލައްވާނެ ހުރިހާ ބޭފުޅުންނަށްވެސް އޭގެ ގާތްގަޑަކަށް 90 އަށްވުރެ ގިނަ ޕަސެންޓް ހިމެނެނީ އެޓާނީ ޖެނެރަލް އޮފީހުގެ މަސައްކަތްތައް. ގާތްގަޑަކަށް ހުރިހާކަމެއް ހެން އޮތީ ގާނޫނުތައް ޑްރާފްޓް ކުރުމާއި ގަވާއިދު ހެދުމާއި އަދި އެނޫންވެސް އެޓާނީ ޖެނެރަލް އޮފީހުގެ މައިގަޑު މަސައްކަތްތަކާއި ބެހޭ ކަންތައްތަކަށް. އެހެންވީމާ އެއިސްލާހީ އެޖެންޑާ ފޭލްވެއްޖެކަން ނުވަތަ ފާސްވެއްޖެކަން އެންމެ ރަގަޅަށް އެގޭނީ އެޓާނީ ޖެނެރަލްއަށް. އޭގެ ވަރަށް ތަފްސީލު ސިޓީއެއް މި އަހަރު ފެބްރުއަރީ މަހުގައި އަޅުގަޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފަ އިސްލާހީ އެޖެންޑާ ފޭލި ވެއްޖެކަމަށް. އެހެންވީމާ އެމަނިކުފާނު އޭގެ ވާހަކަ އިތުރަށް ނުދެއްކުމަށް އަޅުގަޑުމެން އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާ އެކީގައި ނަސޭހަތްތެރި ވެފަ. އެހެން އޮއްވާ ކުއްލިއަކަށް އަޅުގަޑަށް މި އިވެނީ އިސްލާހީ އެޖެންޑާ ފުރިހަމަ ކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިތުރު ދައުރަކަށް ކުރިމަތި ލައްވާން އުޅޭ ވާހަކަ. އެއީ އަޅުގަނޑު ދެކޭގޮތުގައި އެއްގޮތަކަށްވެސް ހައްގުކަމެއް ނޫން އެއީ ކުރެވޭނެ ކަމެއްވެސް ނޫން. ކޮށްގެންވާނެ ކަމެއްވެސް ނޫން. އެއީ މިއަދު އަޅުގަޑުމެން އިސްތިއުފާދޭ އެއްސަބަބު.
ޖަމީލުގެ ވާހަކަ
އާދެ! މިއަދު އަޅުގަޑުމެން ދެމީހުން ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދޭން ނިންމީ އަޅުގަޑުމެން ގަބޫލު ކުރާގޮތުގައި އަޅުގަޑުމެން ހިދުމަތް ކުރާނީ އަބަދުވެސް ދިވެހި ގައުމުގެ މަސްލަހަތަށްޓަކާ، ވަކި ފަރުދެއްގެ މަސްލަހަތައްޓަކައެއްނޫން. މިދިޔަ ދުވަސްތަކުގައި އަދި ފާއިތުވި ދުވަސްތަކުގައި އަޅުގަޑުމެން ސަރުކާރުގައި ހޭދަކުރި ކޮންމެ ވަގުތަކީ ދިވެހި ފަރުދުންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމަށް ހެޔޮގޮތްތައް ހޯދާ ދިނުމަށް އަޅުގަޑުމެން ހޭދަކުރި ދުވަސްތަކެއް. މިގޮތުން ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން އަދި އަމިއްލަ ޖަމާއަތްތަކާއި ގުޅިގެންވެސް ގިނަ ކަންތައްތަކެއް ފަރުދުންގެ ހައްގުތަކާއި އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނުގެ ހުކުމް ރާއްޖޭގައި ހިގާތޯ ބެލުމަށްޓަކާ އަޅުގަޑުމެންނަށް އަމިއްލަ ހައިސިއްޔަތުންނާއި ސަރުކާރާއި ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަޑުމެން ދިޔައީ ކުރަމުން. އެގިވަޑައިގަންނަވާނެ ފަދައިން މިދިޔަ ދުވަސްތަކުގައި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. އެކަމުގެ ހައްގު ޝުކުރެއް އަޅުގަޑު ހަމަ ސަރުކާރަށް ދަންނަވަން ބޭނުންވޭ. ހަމައެއާ އެކީގައި އަޅުގަޑު ފާހަގަކުރަން މިދިޔަ ދުވަސްތަކުގައި ގިނަ ހުކުމްތަކެއްވެ އެ ހުކުމްތައް ތަންފީޒު ނުވަމުންދާ މައްސަލައަކީވެސް މިއަދު ދިވެހިރައްޔިތުންނަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް. އެހެންކަމުން އަޅުގަޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ އަމަންއާންމަށް އާއްމުގޮތެއްގައި އަދުލު އިންސާފް ގާއިމުވާކަމަށް އަޅުގަޑަށް ގަބޫލު ނުކުރެވޭތީ އާއި އަދި ރާއްޖޭގައި އެކިއެކި ގޮތްގޮތުން ހައްދުފަހަނަ އަޅާފައިވާ ކަންތައްތައް އިތުރުވަމުން ދާތީ އަޅުގަޑު ގަބޫލުކުރާގޮތުގައި އަޅުގަޑަށް މިވަގުތު ކެބިނެޓްގައި ހުރުމަކީ އަޅުގަޑުގެ ޒަމީރު ތަންދޭ ކަމަކަށް ނުވާތީ އަޅުގަނޑު މިއިސްތިއުފާ ދިނީ. އާދެ! މިދިޔަ ދުވަސްތަކަކީ ހަގީގަތުގައި ދިވެހި މުޖުތަމައުގެ ވިންދު ވަރަށް ބާރަށް ހިގަން ފެށި ދުވަސްތަކެއް. އެހެން މިދެންނެވީ އަޅުގަނޑުމެންގެ ތެރެއަށް މީގެ ކުރީގައި ނައިސްފައިވާ މިންވަރަށް މިނިވަންކަން އައިސްފައިވާކަމަށް އަޅުގަޑު ގަބޫލުކުރަން. ހަމަ އެއާ އެކީގައި އަޅުގަޑު ގަބޫލުކުރަން އެ މިނިވަންކަމާ އެކީގައި އަޅުގަޑުމެންގެ ތެރޭގައި ހުދޫދުތަކެއްވެސް އަންނަން ޖެހޭކަން. އަޅުގަޑު ގަބޫލުކުރާ ގޮތުގައި އަޅުގަޑުމެންނަކަށް ސަރުކާރުން އަޅުގަޑުމެންގެ ފަރުދުންގެ ހިމާޔަތްތަކާއި އެމީހުންނަށް ފުރިހަމަ ގޮތުގައި މި ދެންނެވި ހުދޫދުތައްވެސްވަނީ ގާއިމު ނުކުރެވިފަ. މީގެ އިތުރުން މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ ގޮތްގޮތުންނާއި އަދި މިނޫންވެސް އެހެނިހެން ގޮތްގޮތުން އިސްލާމްދީނުގެ މެދު މިނުގެ މިންގަޑު ފަހަނައަޅައި ގޮސްފައި ވާތީ މިކަމަށްވެސް ހައްލެއް ހޯދުމަށާއި މިކަމަކީ ދުރު މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ވަހުދަތާއި އެއްބައިވަންތަކަން ނެތިގެންދާނެ ކަމެއްކަމަށް ވާތީވެ މިކަން ހައްލުކޮށް ދެއްވުމަށް ތަކުރާރުކޮށް އަޅުގަނޑުމެން ވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފަ. މިކަމަށް އެއްވެސް ހައްލެއް ނައުމާ އަދި މީގެ އިތުރުން ވަކިވަކި ފަރުދުންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކާ އަޅުގަޑުމެން ގަބޫލުކުރާގޮތުގައި ގާނޫނާއި ގަވާއިދުގެ އޮނިގަޑުން ބޭރުން ގިނަގުނަ ކަންތައްތަކެއް ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާތީ އަޅުގަޑުމެންގެ ޒަމީރު ތަނެއް ނުދޭ މިވަގުތު ސަރުކާރުގަ މަސައްކަތް ކުރުމަކަށް. މިދެންނެވި ކަންތައްތަކުގެ ތެރޭގަ ހާއްސަ ގޮތެއްގައި އަޅުގަޑު ފާހަގަކުރަން ބައެއް ދާއިރާތަކުން ޓޫރިޒަމް މިސާލަކަށް އެއީ އެއް ދާއިރާ މިފަދަ ދާއިރާތަކުންވެސް ވަކިވަކި ފަރުދުންގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކާ ކުރެވޭ މަސައްކަތްތަކަކީވެސް ދެން އަޅުގަޑުމެން އެންމެންނަށްވެސް އެގޭކަންތައްތައް. އާދެ! އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިވެހިރާއްޖޭގެ ކޮންމެފަރުދަކުވެސް ގަބޫލުކުރާނެ ފަދައިން ދިވެހިރާއްޖޭގެ ކޮންމެ އެއްޗަކީ ކޮންމެ ދިވެހި ދަރިއެއްގެ ތަރިކައެއް. އެހެންކަމުން އަޅުގަޑުމެން ގަބޫލު ކުރަނީ މިތަރިކަ ފުރިހަމަ ގޮތުގައި ހިމާޔަތް ކުރެވި އޭގެ ހައްގުވެރިންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށް. އެކަން އަޅުގަޑުމެންނަށް ނުކުރެވޭ ކަމުގަވާނަމަ އަޅުގަޑުމެންނަށް މިގޮތުގައި ތިބުމުގެ ހައްގެއް ނޯންނާނެ. މިހާ ދުވަސްވަންދެންވެސް އަޅުގަޑުމެން ސަރުކާރުގައި މަސައްކަތްކުރަމުން ދިޔައީ ތެދު ހިތުން. އަޅުގަޑުމެން ގަބޫލު ކުރީ އަޅުގަޑުމެންނަށް ހަމަ ހަގީގަތުގައިވެސް ދިވެހި މުޖުތަމައަށްޓަކައި ހެޔޮގޮތުގައި ދިވެހި ގައުމަށް ލާބަ އާއި މަންފާ ހުރި ކަންތައްތަކެއް ކުރެވިދާނެކަމަށް އަޅުގަޑުމެން ގަބޫލު ކުރާތީ. އަދި އަޅުގަޑުމެން ގަބޫލުކުރަނީ މިގޮތުން އަޅުގަޑުމެންނަށް ކަންތައްތަކެއް ކުރެވިފައި އެބަހުރިކަމަށްވެސް. އެހެންނަމަވެސް އަޅުގަޑުމެން ހިތްއެދޭ މިންވަރަށް އަދި ދިވެހި ގައުމު ބޭނުންވާ މިންވަރަށް އެކަން ނުދާތީއާ އެކީގައި އަޅުގަޑުމެން މިއަދު ދުރަށްދާން ނިންމީ. މިކަން މިގޮތަށް ނިންމިކަމުގައި ވީނަމަވެސް އަޅުގަޑު ގަބޫލު ކުރަނީ މިއަދުވެސް އަޅުގަޑުމެން ގަބޫލުކުރާ އުސޫލުތަކުގެ މަތިން އަޅުގަޑުމެން ދެމިތިބޭކަން. ދިވެހިގައުމުގެ މަސްލަހަތަށްޓަކައި އަޅުގަޑުމެން ބުނަން ބޭނުންވާ ބަސްތައް އަޅުގަޑުމެން ބުނާނަން. އަޅުގަޑުމެން މިކުރާ މަސައްކަތްތައް ކުރިއަށް ގެންދާނަން. މިހާރުވެސް އިއްޔެވެސް އަޅުގަޑުމެން ގަބޫލު ކުރި ކަންތައްތައްތަކަށް ބަދަލެއް ނާދޭ. ދިވެހި ގައުމުގެ ލާބަޔާ މަންފާއަށް ޓަކައި އެހެންވީމާ ހަމަ އެވާހަކަ ދަންނަވާލަން.
ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޑރ ހަސަން ސައީދާއި މުހަންމަދު ޖަމީލް އަހްމަދު ދެއްވެވި ޖަވާބުތައް
(ހޯލުގައި ސައުންޑް ސިސްޓަމް ނެތުމުގެ ސަބަބުން ސުވާލުތައް ސާފުނުވާތީ ސުވާލުތައް މިވަނީ ނުހިމަނައެވެ.)
(1) ގިނަ ކަންތައްތަކެއްވެސް އެބަހުރި އޭގެ ތެރޭގައި އެކަމަކީވެސް ހިމެނިފައިވާކަމެއް. – ޑރ ހަސަން ސައީދު
(2) އަޅުގަޑުމެން އިސްތިއުފާ މިދިނީ އަޅުގަޑުމެން ވަޒީރުންގެ މަޖިލީހުން. އަޅުގަޑުމެން ޕާޓީއަކީ އަދި މުޅިން ތަފާތުކަމެއް އެކަމަކާ އެއްނޫން އަޅުގަނޑުމެން ވާހަކަ މި ދައްކަނީ. އަޅުގަޑުމެން މި ދައްކަނީ ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދިން ވާހަކަތަކުގެ ސަބަބު ތިބޭފުޅުންނާއި ހިއްސާކޮށްލަން. – ޑރ ހަސަން ސައީދު
(3) މީގަ ވަރަށް ބައިވަރު ތަފްސީލުތަކެއް އެބަހުރި މީގެ ތަފުސީލުތަކަށް ދާނަމަ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝަރުއީ ކަންކަމުގައި ލަފާދޭ އެންމެ މަތީ މަޖިލިސް މުސްތަގިއްލު ކުރެވިދާނެކަމަށް މިހާރު މިއޮތް ގާނޫނުއަސާސީގެ އޮނިގަނޑުގެ ތެރެއިންވެސް އަދި އެނޫންވެސް ޝަރުއީ ދާއިރާ މުސްތަގިއްލު ކުރެވެން ހުރި ވަރަށް ގިނަ ކަންތައްތައް އޭގެ ތެރޭގައި ފަނޑިޔާރުން އަދި ޝަރުއީ މަގާމުތަކަށް މީހުން އައްޔަން ކުރުމާ އަދި ފަޑިޔާރުންވެސް މަގާމުތަކަށް އައްޔަން ކުރުމާބެހޭ ތަފާތު ގޮތްތަކެއް ގެންގުޅެވިދާނެ. އެއްވެއުޅުމާއި ބެހޭގޮތުން އަޅުގަޑު ހުށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަވާއިދު މުޅިން ވީކްކޮށްފައި އެހެން އެއްޗެއް ނެރުމުން. އެންމެފަހުން އަޅުގަޑު މަޖިލީހަށް ފޮނުވި ބިލްވެސް ވިތްޑްރޯކޮށްފަ އެ ހިފެހެއްޓި. ދިވެހިރާއްޖޭގެ ޖަލާބެހޭ ގާނޫނު، ޕްރިޒަންސް އެންޑް ޕެރޯލްގެ ގާނޫނު ވަނީ ހިފަހައްޓާފަ. އެ އަދިވެސް ވުޖޫދަކަށް ނާދޭ. ފްރީޑަމް އޮފް އިންފޮމޭޝަނާއިބެހޭ ގަރާރެއް ތި ހުރިހާ ރިޕޯޓަރުންގެ ކުރިމަތީގައި އަޅުގަޑު ވަކި ހެޑްލައިނެއް ދީފިން ހާމަކުރާނެކަމަށް ބުނިން އެވެސް ވުޖޫދަކަށް ނާދޭ. މިހެންގޮސް މިސާލުތަކަށް ދަންޏާ އަޅުގަޑަށް ވަރަށްގިނަ މިސާލުތަކަށް ދެވިދާނެ. – މުހަންމަދު ޖަމީދު އަހްމަދު
(4) އަޅުގަޑަށް ނޭގެ ތިސުވާލު ހަމަ އެންމެ ރަނގަޅު ވާނީ ރައީސުލް ޖުމްހޫރިއްޔާއަށް ކުރައްވަން. އެއީ ތަކުރާރުކޮށް އަޅުގަޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިކަންތައް ގެންދިޔައިން މިނިސްޓަރުންގެ ފެންވަރުގައި މިކަންތައްތަކަށް ބަހުސް ކުރިން. އަޅުގަޑު އެންމެފަހުން ބައްދަލުވެސް ކުރިން. އަޅުގަޑު ސަރުކާރު މެދުވެރިކޮށް މިކަންތައް ނުވަންޏާ މެމްބަރުންގެ ސިފައިގައި މިކަންތައް ވައްދާނަމޭ އަޅުގަޑު މިހިރީ އިސްލާހަށް މަސައްކަތް ކުރަން ހުރި މީހެކޭ. އަޅުގަޑުގެ އިސްލާހީ މަސައްކަތެއް ނުހުއްޓުވޭނޭ، އަޅުގަޑު ގަބޫލުކުރަން ބޭނުން ވަނީ. އެހެންނަމަވެސް އަޅުގަޑުގެ ހިތް ބުނަނީ ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިހްލާސްތެރިއެއް ނުވެޔޭ. ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަޑު ތަކުރާރުކޮށް ދެންނެވިން މިހިރީ ދަތި ތަކެކޭ. މިހާރު މިސާލަކަށް ބަލާ ނަމަ ފްރީޑަމް އޮފް އިންފޮމޭޝަން އެއީ ދިވެހި މީޑިއާއަށް ހުޅުވާލެވިފަ އޮތް ހުރިހާ ނޫސްވެރިންގެ ކުރިމަތީގައި ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރެވިގެން ވަޒީރުންގެ ކޮމެޓީއަކުން ލަފާދީގެން އަޅުގަޑު ބަންޑާރަ ނައިބުގެ ހައިސިއްޔަތުން، އިންފޮމޭޝަން މިނިސްޓަރު ހުންނަވައިގެން އަޅުގަޑުމެން ދެއްވި އަންޑަޓޭކެއް މީ. އެ ކަންތައް ވުޖޫދަކަށް ނާދޭ. އެއްވެއުޅުމުގެ ގަރާރު ހަމަ އެބަދޭ. ޕްރިޒަންސް އެންޑް ޕެރޯލް ބައިނަލް އަޤްވާމީ މާހިރުންތަކެއް ގެނެސްގެން ތައްޔާރުކުރި އެއްޗެއް، ރޯޑްމެޕްގައި ހިމެނޭ، އެވެސް އަދިވެސް ވުޖޫދަކަށް ނާދޭ. އެއްވެސް ކަހަލަ ރެސްޕޮންސެއް ނާދޭ. މި އެއްޗެހިތައް ހިފެހެއްޓިފައި ހުރި ތަންތަނުގައި ހިފެހެއްޓިފައި ހުރީ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގަ. އެކިއެކިޗމިނިސްޓަރުން ހިފަހައްޓަމުން އައީ. އެމީހުންނަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވަން ޖެހޭނެ މިއީ ތިމަންނަގެ އިސްލާހީ އެޖެންޑާގައި ހިމެނޭ އެއްޗެކޭ. މިނިސްޓަރަކަށް އެ އެއްޗިއްސެއް ނުހުއްޓުވޭނޭ މިނިސްޓަރުންނަށް އެއެއްޗެހި ހިފެހެއްޓެންޏާ އޭގެ މާނައަކީ ރައީސުލްޖުމްހޫރިއްޔާގެ އެޖެންޑާއެއް ނޫނޭމީ.
(5) އަޅުގަނޑު ގަބޫލު ކުރާގޮތުގައި އަޅުގަނޑު ކުރިންވެސް ދެންނެވިން ރައީސުލްޖުމްހޫރިއްޔާ މުޅި ކެމްޕެއިން މިހާރު ބައްޓަންވެފައި މިއޮތީ މުޅި ކޮލިޓީ ބައްޓަން ވެފައި މިއޮތީ އިސްލާހީ އެޖެންޑާއެއް ހުށައަޅައިގެން އޭގެ 90 އަށްވުރެ ގިނަ ޕަސެންޓް ހިމެނެނީ އެޓާނީ ޖެނެރަލް އޮފީހުގެ މަސައްކަތް. އަޅުގަނޑު މިވަނީ ޑެކްލެއަރ ކޮށްފަ ރައީސުލްޖުމްހޫރިއްޔާގެ އިސްލާހީ އެޖެންޑާ ވަނީ ފެއިލްވެފައިކަން. – ޑރ ހަސަން ސައީދު
(6) އަބަދުވެސް މިބަލަނީ ވީހާވެސް ބޮޑަކަށް މި މަސައްކަތް ކުރެވޭތޯ. އަބަދުވެސް މި އެއްބްލޮކް ވަންޏާ އޭތި ގިރާކޮށްފައި އަނެއްކާ ދެވޭތޯ މިމަސައްކަތް ކުރަނީ އެއްގޮތަކުން ހުއްޓުވައި ފިއްޔާ އަނެއްގޮތަކުން ދެވޭތޯ. ކޮންމެ ސްޓޭޖެއްގައި ކޮންމެވެސް ދުވަހެއްގައި އެޑިޒިޝަން ނަގަން ޖެހޭ. އެހެންވީމާ މިއީ އެދުވަސް. ކޮންމެހެން އެއީ މިވެނިކަމެއް ވެގެންނޭ އެވެނި ކަމެއްވެގެންނޭ އެހެން ބުނާކަށެއް ނުޖެހޭ. އިސްލާހީ އެޖެންޑާ ކުރިއަށް ގެންދެވިދާނެ އިހްލާސްތެރިކަމާ އެކީގައި ކުރަން ބޭނުންވެއްޖިއްޔާ. އެއީ މައްސަލައެއްނޫން. – ޑރ ހަސަން ސައީދު
(7) އަޅުގަނޑު މިއަދު މިވާހަކަ ދައްކަނީ ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދިނުމާއި ގުޅިގެން. އަޅުގަޑުމެން ހަގީގަތުގައި އެގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ދުނިޔޭގެ އެއްވެސް ތަނެއްގައި ޖިނާއީ އަދުލުގެ ނިޒާމް މަސައްކަތް ކުރާނީ ގުޅިގެން އޭގެ މާނައަކީ ހުސް އެކަނި ކޯޓުތަކަކުން ޝަރީއަތް ކުރުމަކުން ޖަސްޓިސް މިނިސްޓްރީން ޕޮލިސީ ކަޑައެޅުމުން ނޫނީ އެޓާނީޖެނެރަލް އޮފީހުން ހަމައެކަނި ދައުވާ ކުރުމަކުންނެއް ހަމައެކަނި އެމަސައްކަތެއް ނުހިގާނެ. އެކަން ހިގަނީ އެކަމުގެ ތެރޭގައި ހުންނަ އުޅޭ ހުރިހާ ބައެއް ގުޅިގެން މަސައްކަތްތައް ކޮށްގެން. އެހެންވީމާ ދައުވާ ކުރުމަކީ އެހެންކަމެއް ތަހްގީގު ކުރުމަކީ އެހެންކަމެއް، ހުކުމް ކުރުމަކީ އެހެންކަމެއް، ހުކުމް ތަންފީޒު ކުރުމަކީވެސް މުހިއްމު ކަމެއް. އެހެންވީމާ އެގޮތުން ބަލާއިރު ވަރަށް ގިނަމީހުންގެ މައްޗަށް ހުކުމް ކުރެވި އަޅުގަޑަށް ހަބަރު ލިބިފައިވާ ގޮތުގައި މިހާރުވެސް 300 އާއި ދާދި ކައިރި އަދަދަކަށް އެބައުޅޭ މީހުން ޖަލަށާއި އެކި ތަންތަނަށް ހުކުމްކޮށްފައި ތިބިމީހުން. އެހެން ކަމުގައި ވަންޏާ ކޮބައިތޯ ދިވެހި ގައުމުގެ ރައްކަލަކީ. ދެން އަނެއްކޮޅުން އަޅުގަޑުމެން މިދައްކަނީ ހަގީގަތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ މަސައްކަތް ނުކުރާ ވާހަކަ. މަސައްކަތް ނުކުރާ ވާހަކަ އަޅުގަޑުމެން ދައްކާއިރުގައި ވޯޓަށް ދައުލަތުން ހާޟިރުކޮށްދޭން ޖެހޭ ފަރާތްތައް ހާޟިރުކޮށްވެސް ނުދެވޭ. އެހެން ވީމާ ހަގީގަތުގައި އަޅުގަޑު ދެކޭގޮތުގައި އަޅުގަނޑުމެންނަކަށް ޖިނާއީ އަދާލަތުގެ ނިޒާމް ދިވެހިރާއްޖޭގައި އެގޮތަށް އެކަންތައް ހުރިހާ ހިދަކު ކުރިއަކަށް ނުގެންދެވޭނެ. ތަކުރާރުކޮށް އެކަންތައް ރަނގަޅުކޮށް ދިނުމަށާ އެކަންތައް ރަނގަޅުކޮށް ދިނުމަށްޓަކައި ސަރުކާރާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. އެހެންނަމަވެސް އެކަމެއް މިއަދާ ހަމައަކަށް ހައްލެއް ނައި. މިހާރު ރައްޔިތުން މި ތިބީ ބިރުން ރޭގަނޑު ނުނިދޭ ހިސާބަށް ގޮސްފަ. މިއީ ދިވެހިރާއްޖެ އޮތް ގޮތެއް ނޫން މީގެ ދެއަހަރު ކުރީގަ އޮތްގޮތެއްނޫން. މަސްތުވާ ތަކެތީގެ މައްސަލަ މިއޮތީ ހައްދުފަހަނަ އަޅާފަ. ތަކުރާރުކޮށް އެކަންތައް ހައްލު ކުރަން އެކިއެކި ފިޔަވަޅު އަޅުގަނޑު އަމިއްލަގޮތުންވެސް ވަނީ ކޮށްފަ. ފަރުވާ ދިނުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކުރިން. ރާއްޖެއިން ބޭރަށް ފޮނުވައިގެންވެސް މަސައްކަތްކުރިން އެކަން އަޅުގަޑަށް ކާމިޔާބެއް ނުވި. ބޭރުގެ ތަޖުރިބާކާރުން ރާއްޖެގެނެސްގެންވެސް މަސައްކަތް ކުރިން. އެކަންވެސް އަޅުގަޑު ވަނީ ފޭލިވެފައި. އެންމެ ފަހުން ދިވެހިރާއްޖޭގެ މިހާރުގެ ގާނޫނުތައް ބުނާގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ހަމަ އެކަނި ޔޫރިން ޓެސްޓް ޕޮޒިޓިވް ވީމަ އޭނަގޮސް އަރުވާލުމުގެ ނަމުގައި އެކަހެރި ކޮށްފަ 3 މަސް 6 ދުވަހުގެ ބެހެއްޓުމުގެ އުސޫލު މިއޮންނާނީ. އެކަމަކު މަގުމަތީގައި ހަމަ އާއްމުކޮށް މިކަންތައް ކުރަމުން މިދަނީ. އަޅުގަޑުމެންނަށް އެބަފެނޭ ގޭންގުތައް ހަދައިގެން ސޮސައިޓީތައް ހަދައިގެން ދިވެހިރާއްޖޭގައި ކަޑިތައް ހިފައިގެން މާލޭގެ މަގުމަތީގައި އުޅޭ މަންޒަރު. މިއީ އަޅުގަޑުމެންގެ ޒަމީރު ތަންދޭތަނެއް ނޫން މިއީ ވެގެންވާނެ ކަމެއްނޫން. – މުހަންމަދު ޖަމީދު އަހްމަދު
(8) އަޅުގަޑުމެން އެދެން އެއްވެސް ގޮތަކަށް މިއެދުމަށް އަޅުގަޑުމެންގެ ފޯކަސް ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދިނުމާއި ގުޅިގެން އެއަށްފަހު. – ޑރ ހަސަން ސައީދު
(9) އަޅުގަޑު ހަމަ ހިރިގާގެ ސުވާލުގައި ދަންނަވާލަން ބޭނުންވޭ ޓޫރިޒަމްގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ މުޅި މުޖުތަމައަށް މަންފާވާ ގޮތަކަށް ސިޔާސަތުވެސް ބައްޓަންވެގެންދާން. އެއް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި ގިނަ ކަންތައްތަކެއް އެބަ ހިނގާ މިހާރުވެސް ދިވެހި މުޖުތަމައަށް މިހާރު އެކަމުގެ މަޝްވަރާ ނުކުރެވި. ހަގީގަތުގައި އެއީ އެއްކަން. އަނެއް ކަމަކީ ޝަރީއަތުން ނިމިފައިހުރި ބައެއް ކަންތަކާއި ގުޅިގެން ސަރުކާރުން އެބަ ހިޔާލުކުރައްވާ ވަކި ފަރުދުންނަށް ވަކިހަކަލަ ގޮތަކަށް ޓޫރިޒަމްގެ ކަންތައްތައް ނިންމާ ދިނުމަށް. އެއީ އެއްގޮތަކަށްވެސް އަޅުގަޑު ހަމަ ޔަގީނުންވެސް ޖަސްޓިސް މިނިސްޓަރަކަށް ހުރިހާ ހިދަކު އަޅުގަނޑުގެ ޒަމީރު ތަންދޭނެ ތަނެއްނޫން. – މުހަންމަދު ޖަމީލު އަހްމަދު
(10) އަޅުގަނޑު ދެކޭގޮތުގައި އެންމެބޮޑު ހުރަކަށް މިހާރު އޮތީ އިހްލާސްތެރިކަން. – ޑރ ހަސަން ސައީދު
(11) އަޅުގަނޑުގެ އިސްތިއުފާއަކާ ކުރިއަށް މިއޮތް ވޯޓަކާ އެއްގޮތަކަށްވެސް ގުޅުމެއް އޮންނާކަށް ނުޖެހޭ. އަޅުގަޑުމެން މީ އިސްލާހަށް މަސައްކަތް ކުރަން ސަރުކާރާއި ބައިވެރިވި ބައެއް. އެއީ އެ މަސައްކަތް އަޅުގަޑުމެންނަށް ނުވާތީ އަޅުގަޑުމެންގެ ވަޒީފާ އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރެވޭ ދުވަހަކީ އެއީ މިދުވަސް. އެއީ އެއްގޮތަކަށްވެސް ވޯޓަކާއި މިއަކާ ގުޅުމެއްނެތް. – ޑރ ހަސަން ސައީދު
(12) އިސްލާހީ އެޖެންޑާއެއް ހުށައަޅާފައި އޮތީ ސަރުކާރުން. ފާޑެއްގެ އިހްލާސްތެރިކަމެއް އެ އަކަށް ބޭނުމެއްނުވާނެ. – ޑރ ހަސަން ސައީދު
(13) އަޅުގަޑު ގަބޫލެއް ނުކުރަން މިހާރު ހުށައެޅިފައި އޮތްގާނޫނުއަސާސީ އަވަސްކުރު މުއްދަތެއްގެ ތެރޭގައި ދިވެހިން އެންމެ މަންފާ ކުރަނިވި ގޮތަކަށް ފާސްވާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެވެސް އަޅުގަޑުމެން އިސްތިފާދޭން ޖެހޭސަބަބެއް. – މުހަންމަދު ޖަމީލު އަހްމަދު
(14) އަޅުގަޑުމެން ގަބޫލުކުރާގޮތުގަ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް ބާރު ލިބިގެންވޭ. ސަރުކާރުގެ އިހްލާސްތެރިކަން އެކަމުގައި އޮތްކަމުގައި ވާނަމަ އަޅުގަޑުމެން ގަބޫލުކުރަން ޖެހެނީ އެކަމަށް. އަޅުގަޑުމެން މިތިބީކީވެސް މާބޮޑު ތަނެއްގައެއް ނޫން. ވަރަށް ކުޑަކުޑަ މުޖުތަމައެއް މިތަނަކީ. ހަގީގަތަށް ދަންނަވާ ކަމަންވަންޏާ ބަޔަކު ތެދުވެރިކަމާއެކު މަސައްކަތް ކުރާކަމަށްވާނަމަ އަޅުގަނޑުމެންގެ އަތުން ކޮންޓްރޯލްގެ ދަށުން ދާތަނެއްނޫން މިތަނަކީ. ދުވަހަކުވެސް އެކަމެއް ގަބޫލެއް ނުކުރަން. އެހެންވީމާ އަޅުގަޑު ގަބޫލު ކުރާގޮތުގައި ގާނޫނުތައް ތަންފީޒު ކުރެވޭނަމަ މިތަނަކީ ވަރަށް އޮމާން އަމާންކަމާ އެކީގައި އުޅެވޭނެ ތަނެއް. މިއަދު ބައްލަވާ މާލެ. އޭގެ އެއްކޮޅުން އަޅުގަޑުމެންނަށް ފެންނަނީ ހަގީގަތުގައި މާރާމާރިއާ ވައްކަމާއި ބޮޑެތި ޖަރީމާތައް ރާއްޖޭގައި އިތުރުވަމުންދާތަން. އަނެއްކޮޅުން އަޅުގަޑުމެންނަށް މި ފެންނަނީ އަޅުގަޑުމެންނަށް ހުކުމްކުރާ ހުކުމްތައްވެސް ތަންފީޒު ނުކުރެވޭތަން. ދެން އަޅުގަޑުމެންނަށް މިފެންނަނީ އަޅުގަޑުމެންގެ މާލޭގަ ދަންނަވާކަމަށް ވަންޏާ މަގުމަތި. ބައްލަވާ ކޮންކަހަލަ ގާނޫނެއްތޯ ކޮންކަހަލަ މަންޒަރެއްތޯ އަޅުގަޑުމެންނަށް މިފެންނަނީ. އެންމެ ކުޑަމިނުން އާދައިގެ ޓެރެފިކް މައްސަލަތައްވެސް މިއުޅެނީ ހައްލު ނުވެގެން. އަސްލު މާލެއަކީ އިންސާނުން އުޅެން ކަމުދާ ދަރަޖައިގެ ތަނެކޭވެސް ދެންނެވުމަކީ ހަގީގަތުގައި އުނި ކަމެކޭ. އެހެންވީމާ އެ ދަރަޖައަށް ހަގީގަތުގައި މިހާރު މިއޮތީ ގޮސްފަ. - މުހަންމަދު ޖަމީލު އަހްމަދު
(15) ސަރުކާރުގެ އެހެން ވަޒީފާއެއް އަޅުގަނޑު ގަބޫލެއް ނުކުރާނަން. – ޑރ ހަސަން ސައީދު
(16) މަގާމުން އިސްތިއުފާ ދީފަ އެމަގާމުގަ ވަޒީފާ އަދާކުރަން ނުވަތަ ޕްރޮމޯޝަން ހޯދަން ނުވަތަ އެހެން އޮފީހަކަށް ބަދަލު ވާބޭނުންވާ މީހުން ނިއުސް ކޮންފަރެންސް ބާއްވާފަ އެކަން ހާމައެއް ނުކުރާނެ. އަޅުގަޑަކީ ބޮންޑެއްގަ ސަރުކާރަށް ވަޒީރުކަން ކުރާ ބައެއްނޫން. އަޅުގަޑުމެން އިހްލާސްތެރިކަމާއެކު މަސައްކަތް އައީ. – ޑރ ހަސަން ސައީދު
Headline text
Headline text
Insert non-formatted text here--Nuha14 04:20, 7 August 2007 (PDT)Bold textItalic textLink title މިއަދަކީ ހިތާމަހުރި ދުވަހެއް – މިނިސްޓަރު ނަޝީދު
| ޗާޕްކުރުން | އީމެއިލް
ލިޔުނީ މިއަދު އިބްރާހީމް ހޯމަ, 06 އޯގަސްޓު 2007
އެޓާނީ ޖެނެރަލްގެ މަގާމުން ޑރ.ހަސަން ސަޢީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން އެއޮފީސް ވަގުތީ ގޮތުން ހިންގެވުމަށް އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދަށް ހަވާލުކުރުމަކީ އެމަނިކުފާނު ވަރަށް ހިތާމަކުރައްވާ ކަމެއްކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މިނިވަނަން ދެއްވި ބަސްތީގަތުމެއްގައި އިންފޮމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު ވިދާޅުވީ ޑރ.ހަސަން ސައީދުގެ މަޤާމް ހުސްވެ އެގޮނޑީގައި އިންނަވަން ޖެހުމަކީ އޭނާ ވަރަށް ދެރަފުޅުވާ ކަމެއްކަމަށެވެ.
“އަޅުގަނޑު މި މަޤާމާ ހަވާލުވެ ބޮޑަށް ބަލާނީ އެޓާނީ ޖެނެރަލްގެ އޮފީހާއި މަޖިލިހާއި ގުޅުން ބޮޑު ކުރަން” މިނިސްޓަރ ނަޝީދު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީސް ހިންގެވުން މިނިސްޓަރު ނަޝީދަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން “ވަގުތީގޮތުން” ހަވާލުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބަޔާންކުރާއިރު، ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ފަރަންސޭސި ޚަބަރު އޭޖެންސީ އޭ.އެފް.ޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ނަޝީދަށް މިމަގާމް ދާއިމީކޮށް ދެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޑރ.ހަސަން ސަޢީދާއި މުހައްމަދު ޖަމީލު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން މި ބޭފުޅުންގެ ބަދަލުގައި މިއަދު ބޭފުޅުން ރައީސް އޮފީހުން ވަގުތީ ގޮތުން ހަމަޖެއްސުވުމުގައި މިނިސްޓަރ އޮފް ޖަސްޓިސްގެ މަޤާމު ވަގުތީގޮތުން ހަވާލުކުރެއްވީ މިހާރު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑޮކްޓަރ މަޙްމޫދު ޝައުޤީއާ ކަމަށް ރައީސް އޮފީހުން ހާމަ ކުރެއްވިއެވެ.
ޑރ.ޝައުޤީ މިއަދު ވިދާޅުވީ މިދާއިރާއަކީ އެބޭފުޅާއަށް އާ ދާއިރާއެއް ނޫންކަމަށެވެ. އަދި މާދަމާ ހެނދުނު އޮފީހާ ހަވާލުވެ ވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށް އެމަނިކިފާނު ވިދާޅުވިއެވެ.
“އަޅުގަނޑު ކުރިންވެސް ވާނެ މި މަޤާމާ ވަގުތީ ގޮތުން ހަވާލުވެފައި. އަޅުގަނޑު ހަނދާންވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލާ ހަމަޔަށް ހަވާލުވިކަމަށް” ޑރ.ޝައުޤީ ވިދާޅުވިއެވެ
Headline text
Headline text
== [[ == ރައްޔިތެއްގެ ގަލަމުން މާލެ ފުރިގެންބަންޑުންދާއިރުވެސް ފަސްތަރީގެ ހޮޓާއަޅަނީ
7 ޖުލައި 2007
މާލޭގައިގެދޮރުގެ ދަތިކަމާ ބިމުގެ ދަތިކަން އިންތިހާދަރަޖައަށްގޮސްފައިވާއިރު، އަދިވެސް ސަރުކާރުން ބަލަމުންދަނީ ފަސްތަރީގެ ބޮޑެތިހޮޓާއެޅޭތޯއެވެ. މީގެންދޭހަވާއެއްޗަކީ މިއަދުގެސަރުކާރުން ދިވެހި ރައްޔިތުންނާ، ރާއްޖޭގެ މުސްތަގުބަލާމެދު ވިސްނުންގެންގުޅޭގޮތެވެ، އަދި އެބައިމީހުން ދިވެހިރައްޔިތުންނަށާ ގައުމާދޭތެރޭނުވިސްނާވަރެވެ. ގިނައަދަދަކައް މީހުންއުޅެމުންދާ ކުޑަކުޑަ މާލެވަނީ ތޮއްޖެހިބާރުބޮޑުވެފައެވެ. ވަރަށްގިނަ އަދަދެއްގެމީހުން އެބައިމީހުންގެ ރަށްދޫކޮއް މާލެގައިދިރިއުޅެމުންއެބަގެންދެއެވެ.2004 ސުނާމީއައްފަހު މާލޭގައިދިރިއުޅެމުންދާމީހުންގެ އަދަދުވަނީގިނަވެފައެވެ. ގިނަބަޔަކު މާލޭގައި އުޅެމުންދަނީ މަޖްބޫރީހާލަތްތަކުގައެވެ. މާލޭގައި ދިރިއުޅުމުގެ އަގުވަނީއެތައްގުނައެއްބޮޑުވެފައެވެ. އަދިމާލޭގެ ތަންތަނުގެކުލިވަނީ އަތްނުފޯރާވަރަށްބޮޑުވެގެންގޮސްފައެވެ. ނަމަވެސްމަޖްބޫރީހާލަތާއެކު ކުދިކުދިތަންތަންކޮޅުގައި އުޅެންވަނީޖެހިފައެވެ. އެއްއާއިލާއައްވުރެގިނަމީހުން،ނިދާ،ކައްކާ،ކައިބޮއެ އުޅޭލެއްމަދެއްނޫނެވެ. މީގެންވެސް އެގޭއެއްޗަކީ މާލޭގައިގެދޮރުގެ ދަތިކަމެވެ. ދަތިނަމަވެސް ވަރަށްހާލުގައި، އެތައްބަޔަކުއުޅެމުންއެބަގެންދެއެވެ. ރަށްރަށުން މާލެއައިސްއުޅޭމީހުންނަކީ އެކިޒަރޫރީބޭނުންތަކަށް އަންނަންޖެހިގެންއައިސްއުޅޭމީހުންނެވެ. އޭގެތެރޭގައި ހާއްސަކޮއް ތައުލީމާއި ސިއްހީއެކިބޭނުންތަކައް މާލެއަންނަމީހުންވަރަށްގިނައެވެ. ރަށްރަށުގައި ތައުލީމުފެންވަރުދައްވުމާއި ސިއްހީފަރުވާތައް ލިބެންނެތުމުގެސަބަބުން، އެބައިމީހުންނައް މާލެއަންނަންވަނީ މަޖުބޫރުވެފައެވެ. މިކަމުގައިވެސް އިހްމާލްވާންޖެހޭ ފަރާތަކީ މިއަދުގެ ސަރުކާރެވެ. މީގެންވެސް ދޭހަވާއެއްޗަކީ ސަރުކާރުން މާލެއާއި ރާއްޖެތެރެ ތަފާތުކޮއްފައިވާ މިންވަރެވެ.
މީކީއެއްވެސްދިވެހިރައްޔިތެއްއަޖައިބުވާނޭކަމެއްނޫނެވެ. މިދިޔަ 28 އަހަރު ނުގެނެވުނުހެޔޮބަދަލެއް މިއަދުސަރުކާރަކައްނުގެނެވޭނެއެވެ، އަދިނުވެސްގެންނާނެއެވެ. އަދިބަދަލެއްގެންނަންޔާ ގެނެވޭނީ ގަދަބާރުންނެވެ. ސަރުކާރުގެ އިސްބޭފުޅުންނައްމުހިންމީކީ ދިވެހި ރައްޔިތުންނައްޓަކާ އެބައިމީހުން ދިރިއުޅޭތަނަކީ އަމާން އަދި ދުޅަހެޔޮ ހިއްފަސޭހަތަނަކައްހެދުމެއްނޫނެވެ. އެބައިމީހުންކުރާކޮންމެކަމެއްވެސް ކުރަމުންއެގެންދަނީއެބައިމީހުންގެއަމިއްލަ ފައިދާއަށެވެ. މާލޭގަ ނަސަންދުރަ އިންތާގަ ފަސްތަރީގެހޮޓާނާޅަނީ އެތާގަ ފަރުގަ ރެދެއްލާފަވާތީއޭކިޔާ، ލޮނުޒިޔާރަތްކޮޅުގަ ދަރުބާރުގެއާއިޖެހިގެންވާ ހުސްތަންކޮޅުގައި ފަސްތަރީގެހޮޓާއަޅަންނިންމީކޮންގޮތަކައްވިސްނާފަ ކޮންއުސޫލަކުންތޯ ހިތައްއަރައެވެ. ނޫނީދެން ރެދުނާޅާއޮތްފަޅީގައި ރެދުއަޅުވާލުމުގެބޭނުގަބާވައޭސުވާލުއުފެދެއެވެ. ނަސަންދުރަހުރިތާގަ ފަސްތަރީގެ ހޮޓާ ރެނދުގެ ސަބަބުންނާޅާ، މިހާރުއެދިމާލުން އަޅާފަ އެހެރަބޮޑު ޓާމިނަލްއަކީ ރެނދާގުޅުމެއްނެތިއަޅާފަހުރިތަނެއްތޯ ސުވާލުއުފެދެއެވެ. ހަމަގައިމުވެސް އެޓާމިނަލްއެޅުމުގެ ކުރިންވެސް މިރެނދުގެވާހަކަވާނީގިނަބަޔަކުއަހާފައެވެ. މީގެހުރިނުރައްކަލާ ހުރިހާއެއްޗެއްއެގިހުރެވެސް ސަރުކާރުންއެކަންވަނީކޮއްނިންމާފައެވެ. މާލެއަޑިއައްދިޔައީއާ ދިޔައީ އެއީކީސަރުކާރުގެ ޒިންމާޔާ މަސްއޫލިޔަތުކަމަކައްއެބައިމީހުންނެއްނުދެކެއެވެ.ދެންމިހާރު އެރެނދުގެ މައްސަލަގޯސްވުމުން ދެންއިވެނީ އެއީ ކާރނިވަލްގައިހުރި ކުޑަކުދިންކުޅޭއެއްޗެހިން ރެނދުއިތުރައްގޯސްވަމުންދާވާހަކައެވެ. ކާރނިވަލްގައި ކުޑަކުދިންނައްކުޅެވޭއެއްޗެހިވަރަށްމަދެވެ.އެކަތި ދޭތިބޭނުންކުރެވުނަމަސް އެތާގަވާ ގިނައެއްޗެހިވަނީ ކާރނިވާހުޅުވިތާ މާގިނަދުވަހެއްނުވެ ހުއްޓުމަކައްއައިސްފައެވެ.އަދި ކާތަންތަންވަނީ ގިނަވެފައެވެ. މިރެނދުގެސަބަބުން ފަސްތަރީގެހޮޓާ ނަސަންދުރަހުރިތާގަނާޅާ، ސަރުކާރުންއެވިސްނަނީ އެތާގަ ޓުއަރިސްޓު އިންފޮމޭޝަންދޭ ބިލްޑިންއަކާ، ޓުއަރިސްޓު ފިހާރަޔާ ކާތަންތަންއަޅާށެވެ. މީކީރައްޔިތުންގެފައިދާޔާ މަންފާޔައްކުރާކަންތައްތަކެއްކަމުގައި ގަބޫލެއްނުކުރެވެއެވެ، މީ ސަރުކާރުންކުޅޭ ބޮޑުކޮރަޕްޝަންކުޅިގަޑެކެވެ.
ލޮނުޒިޔާރަތްކޮޅަކީ މާލޭގައިދިރިއުޅޭމީހުންގެ ހިއްފަސޭހަ މައިދާނެވެ. ގިނައަދަދެއްގެމީހުން އެބައިމީހުން ދިރިއުޅޭ ހަތަރުފޫޓްގޮޅިންނުކުމެލާ ހަވީރުފިންޔައްބުރުޖަހާލަންދާސަރަހައްދެވެ. އޭގެއިތުރުން ގިނަބަޔަކު ކަސްރަތުކުރަންދާސަރަހައްދުވެސްމެއެވެ. މިސަރަހައްދުގައި ފަސްތަރީގެހޮޓާއެޅުމުގެ ބަދަލުގައި ރިޔާސީ ގަޑުވަރުހުރިތާގައިހޮޓާއެޅިއްޔާމާރަނގަޅުވާނެއެވެ. ސަރުކާރުންވެލާނާގެ ނަގާ އެތާގަބޮޑު ބިލްޑިންގެއްއެޅީ މާލޭގައި ހުސްބިންނެތުމުގެސަބަބުންކަމައްވެދާނެއެވެ. އާދެ! މާލޭގެ ބިމުގެދަތިކަން މާލޭގައި ދިރިއުޅޭމީހުންނައް ވަރަށްބޮޑެވެ. އަދި ދިވެހިރާއްޖޭގައި ރައީސަކައް ހުންނަމީހަކު ދިވެހިރައްޔިތުންހާލުގައިޖައްސާފައިބޮޑުގަޑުވަރެއްގައި އިންނަވާކައްނުޖެހެއެވެ. އަދިނުވިތާކައް ރައްޔިތުންހަމަޔައްނޭވާލާ ނުކުމެލަން އޮތްތަންކޮޅުނަގަންއުޅޭނީ ހާދަގޮތްހުސްވީމައޭ ހިތައްއަރައެވެ. ފުރަތަމަކުރިއައް ރައްޔިތުންނެވެ ދެން އެއައްފަހުތިމާމީހާއެވެ. ނަމަވެސް މިދިޔަ 28 އަހަރުތެރޭގައި ރައްޔިތުންގެހާލަތުވަނީ ދުވަހެއްދުވަހަކައްގޯސްވަމުންއައިސްފައެވެ.
މާލެއާއި ރާއްޖެތެރޭގައި ދިރިއުޅޭ ގިނައަދަދެއްގެމީހުން އުޅެނީވަރަށްހާލުގައެވެ.ރަށްރަށައްދިއުމުން މިކަންވަރަށްރަގަޅައް އިހްސާސްވެގެންދާނެއެވެ. އާދެ! މުއްސަދިން މުއްސަދިވެ ފަގީރުން ފަގީރުވަނީއެވެ.
މާލޭގައި ދިރިއުޅޭމީހުން ހިއްހަމަޖައްސާލަންދާން އޮތްތަންނުނަގާ، ފަސްތަރީގެ ހޮޓާއަޅަންއުޅޭމީހުންނައް ގަޑުވަރު(ޕްރެޒިޑެންޝަލް ޕެލަސް) ވެގެންދާނީ ވަރަށް ރަގަޅުފުރުސަތަކަށެވެ. އޭރުންވަރަށްބޮޑުޖާގައެއްލިބި ކުޑަ ހަރަދަކުން ރައްޔިތްގެފައިސާ ބޭކާރުގޮތުގައިނުތަޅާވާނެއެވެ. އެފައިސާއިން ރަށް ރަށުގެ ނަރުދަމާގެ ނިޒާމާއި، ކަރަންޓާއި،ފައްސޭހައިން ލަފާ ފުރޭނޭގޮތްތައްހޯދާދީ،މިހެންގޮސް ބައިވަރު ކަންތައްތަކައް ހަރަދުކުރީޔާމާރަގަޅުވާނެއެވެ. ==]] ==
